Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު ސުވާލު އުފެދޭ

ހުސައިން ފިރުޝާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިފަދައިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގެ ވީޑިއޯ ހިއްސާ ކުރައްވައެވެ. އެގޮތުން އެ ވީޑިއޯގައި ފުއާދް ވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ނުކުރެވި އީސީގައި އޮތް މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ވިދާޅުވެފައިވަނީ އެކަން އެހެން ހުއްޓުވާފައި އޮތުމަކީ ލިބޭ ހުތުރެއް ކަމަށެވެ.

އެކަމާ ގުޅިގެން ފިރުޝާން ވިދާޅުވީ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެދާނެ ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން ހިސާރު ކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ލިބޭނެ މޮޅެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. ފިރުޝާން ވިދާޅުވީ ދަ ޑިމޮކްރެޓްސް ނުހިފެހެއްޓޭނެ ކަމަށާއި 9 ސެޕްޓެމްބަރު ގައި އޮންނަ ރިޔާސީ އިންތިހާބުގައި މި ވެރިކަން ބަދަލުކުރާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

އެހެންނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދުނުދީ އިސީގައި ހިފެހެއްޓިފައިއޮތީ އިސީގެ ރައީސް ފުއާދް ތައުފީގް ރައީސްކަން ކުރައްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އީސީގެ ދެ މެންބަރުންކަމަށްވާ އަލީ ނަޝާތު އަދި މުހައްމަދު އާސިފް ދެކޮޅުހެދުމާ ގުޅިގެންނެވެ.