Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

އޮމާންގެ އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

އޮމާން އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް އިއްޔެ ފެށީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.
މި ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބާއްވާނެ އެވެ. އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓު އަގަކީ 385 ޑޮލަރެވެ.

އޮމާން އެއާ ރާއްޖެ އަށް އިއްޔެ އަލިން އުދިހެން ފެށި އިރު، އިން 2019 އާއި 2016 އަދި 2018 ގައި އެ އެއާލައިންގެ ދަތުރުތަކެއް ރާއްޖެ އަށް ބޭއްވި އެވެ.

މީގެ 30 އަހަރު ކުރިން 1993 ގައި ވައިގެ ހިދުމަތަށް ނުކުތް އޮމާން އެއާ އަކީ މިހާރު 53 މަންޒިލަކަށް އުދުހޭ އެއާލައިނެކެވެ. އޮމާން އޭވިއޭޝަން ގްރޫޕުން އޮޕަރޭޓްކުރާ އެއާލައިންގެ ފްލީޓްގައި އޮންނަނީ 50 ބޯޓެވެ.