ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕިއެންސީއާ "ދަ ޑިމޮކްރޭޓްސް"އިން މަޝްވަރާ ކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޕީޕީއެމް ޕީއެންސީގެ ފަރާތުން މިމަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ މެންބަރު އަހުމަދު ތޯރިގް އަދި މެންބަރު އަހުމަދު ޝިޔާމެވެ.
"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ މެންބަރު އަލީ އާޒިމް، މެންބަރު ހަސަން ލަތީފް އަދި މެންބަރު އީވާ އަބްދުاللهއެވެ.
Today, the Ocean Library is delighted to provide a venue for engaging multi-party discussions involving PPM, PNC, and The Democrats. pic.twitter.com/j7oXcdVUlC
— Ocean Publishers (@OceanPublishers) June 25, 2023
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުން އިސްވެތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ގެ މެންބަރުން މަޖިލީހުގައި އަދި މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ. އެހެންނަމަވެސް އިދިކޮޅު މެންބަރުންނާއެކު އެ މެންބަރުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.
އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު އާދަމް ޝަރީފް އަދި މެންބަރު އީވާ އަބްދުالله ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް ކޯލިޝަން ހަދަންޖެހުނު ބަޔަކާއެކު ކޯލިޝަން ހަދާނެ ކަމަށެވެ.