Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސިޑް ޑޮކިއުމެންޓާ އެކު ބޯޓު ދަތުރުވެރިންގެ ޝަކުވާތަކަށް ހައްލެއް

ކުޅުދުއްފުއްޓަށް އައި އިންޑިއާގެ ކާގޯ ބޯޓު

ރައްޖޭގެ ބޯޓުދަތުރުކުރާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަން ޖެހޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަން ޖެހޭ ލިއުމެކެވެ. އެސްއައިޑީ އަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ކޮންމެހެން ބޭނުންތެރި އަދި ބައިނަލްއަގްވާމީ ގޮތުން އޮންނަން ޖެހޭ އައޑީ ކާޑެކެވެ. ސީމަން ބުކް އަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ އަދި އެ ފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ލިއުމެވެ.


މިލިއުން ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު، ލިއުން ނުލިބުމުގެ ސަބަބުން ދިވެހި ގިނަ ބޯޓު ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ބައެއް ވަޒީފާތަކަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމާއި، ބަނދަތުރުތަކުން އެ މީހުން އެތެރެވުމަށް ހުއްދަ ނުދިނުން ފަދަ ކަންކަން ދިމާވެފައިވެއެވެ. މީގެ ސަބަބުން ދިވެހި ބޯޓު ދަތުރު ކުރާ ފަރާތްތަކުގެ ވަޒީފާ ގެއްލިފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ ސީމަނުންގެ ދުވަހާއި ދިމާކޮށް މި ލިއުމަށް އެދުމުގެ ފުރުސަތު ސަރުކާރުން މިވަނީ ހުޅުވާލާފައިވާއިރު، ފޯމް ވަނީ ގެޒެޓްކޮށްފައެވެ. އެހެން ކަމުން ދިވެހި ސީމޭނުންގެ ތެރެއިން ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ހައްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، ފޯމު ފުރިހަމަ ކުރައްވާ، އެ ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި މިމިނިސްޓްރީގެ މެރިޓައިމް އީމެއިލް [email protected] އަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ބައިނަލްއަޤްވާމީ މެރިޓައިމް ޖަމީއްޔާގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ 1967 ވަނަ އަހަރުއެވެ. އަދި އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ތަސްދީގުކުރަން ޖެހޭ މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ވެސް ތަސްދީގުކޮށްފައިވަނީ 2015 ގައިއެވެ.