އިތުރުވަމުންދާ ރިޕީޓް ފަތުރުވެރިންގެ އަދަދާއި އެކު ދައްކުވައިދެނީ ރާއްޖެ ފަދަ އިތުރު މަންޒިލެއް ނެތް ކަމުގައި ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ، ގްރީސްގެ ރިސޯޓަކާއި ގުޅުވައި، ރާއްޖެއަށްވުރެ އަގުހެޔޮ ޚިދުމަތެއް ލިބޭ ކަމަށް ބުނެ ބޭރުގެ ނޫހެއްގައި ޖަހާފައިވާ ޙަބަރަކާއި ގުޅުވައެވެ. އެމަނިކުފާނުގެ ޓުވިޓާއިގައި މިކަމާއި ގުޅިގެން ކުރި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއަށް އަނބުރާ އަންނަމުންދާ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވަމުން އައުމާއި، އަހަރުން އަހަރަށް ރާއްޖެ އަންނަމުންދާ ފަތުރުވެރިން އަދަދަށް ބަލާއިރު، ރާއްޖެއާއި ރާއްޖެ ފަދަ އިތުރު އެއްވެސް މަންޒިލެއް ނެތް ކަމަށެވެ.
އަދި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ބުރަ މަސައްކަތުން މިދިޔަ 3 އަހަރުވެސް ރާއްޖެ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބު ހޯދާފައިވާކަން ފާހަގަ ކުރެއްވިއެވެ.
The high percentage of repeater tourists & ever increasing new arrivals to the #Maldives suggest that no other destination compares to Maldives, specially the makdives hospitality. Visit Maldives The World's Leading Destination (winner 3 times @WTravelAwards) @visitmaldives https://t.co/qLS2MyU3FZ
— Abdulla Mausoom (@Mausoom_Maus) June 25, 2023
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ކޯވިޑަށް ފަހު ދުނިޔޭގެ ޤައުމުތަކުގެ ނިސްބަތުންވެސް އެންމެ އަވަހަށް އިޔާދަވި ސިނާޢަތަވެ. އަދި މިކަމުގެ ތަޢުރީފް އ.ދ ފަތުރުވެރިކަމާއި ބެހޭ އިދާރާ ފަދަ އިދާރާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެންމެ ރާއްޖެ ވަނީ މިދިޔަ 3 އަހަރުވެސް ވޯލްޑް ޓްރެވެލް އެވޯޑްސް އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބު ވިދިވިދިގެން 3 އަހަރު ހާސިލްކޮށްފައެވެ.
ރާއްޖެއަށް މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 876،421 ފަތުރުވެރިއަކު އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފުރަތަމަ 4 މަހު 160،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ މަހު 120،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.