އަލަށް އުފައްދާ ޕާޓީ، ދަ ޑިމޮކްރެކްޓްސް އަށް ހުއްދަ ދިނުން ލަސްވާތީ އެ މައްސަލާގައި އިލެކްޝަން ކޮމިޝަން (އީސީ) އާ ދެކޮޅަށް އެ ޕާޓީން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޑިމޮރެކްޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން 3،000 މީހުންގެ ސޮޔާ އެކީ އީސީ އަށް ހުށަހެޅި ނަމަވެސް އެ ޕާޓީ އަށް ހުއްދަ ނުދީ ލަސްކުރަނީ އެކަށީގެންވާ އެއްވެސް ސަބަބއް ނެތި ކަމަށެވެ.
އެހެންވެ އެ މައްސަލަ އިއްޔެ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
I have filed the case at Civil Court today on grounds that @ElectionsMv is denying permission to @TheDemocratsMV to hold the mandatory meeting to form the Party, despite EC having completed all required checks on the 3000 membership forms.@HCIMaldives@UKinMaldives
— Hassan Latheef🎈 (@HassanLatheef) June 25, 2023
ޕާޓީ އަށް ހުއްދަ ދިނުން ލަސްވާ މައްސަލައިގައި ކޯޓަށް ދިޔަ އިރު، އީސީން ވަނީ އަންނަ މަހުގެ 2 ހައި ދަ ޑިމޮރްކެޓްސް އަށް ހުއްދަ ދޭން ނިންމައިފަ އެވެ. އެ ޕާޓީ ރަޖިސްޓްރީކޮށް ދޭން އެދި 3،560 ފޯމާ އެކީ އީސީ އަށް ހުށަހެޅި މިދިޔަ މަހުގެ 24 ގަ އެވެ.
ދި ޑިމޮކްރެޓްސްގެ އަމާޒަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމެވެ. މި ޕާޓީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. ނަޝީދު ވަނީ މި މަހުގެ 21 އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.