Last Updated: July 19, 18:01
Sunday, July 19, 2026
ދުނިޔެ

ޓައިޓޭނިކް ބަލަން ދާން ދައުވަތު ލިބުނު

އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކް ބަލަން ދާން ދައުވަތެއް ލިބުނު ކަމަށާއި އެކަމަކު އެކަމަށް ބުނީ ނޫކެނޭ ކަމަށް އެމެރިކާގެ މަޝްހޫރު ޔޫޓިއުބާ، މިސްޓަ ބީސްޓް ބުނެފި އެވެ.

އަސްލު ނަމަ ޖިމީ ޑޮނަލްޑްސަން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ޓައިޓޭނިކް ބަލަން ފަސް މީހަކު ގޮވައިގެން ދިޔަ އޯޝަންގޭޓް ސަބްމެރިން، ގޮވައި އެއިން ދަތުރުކުރި އެންމެން މަރުވި ހާދިސާ މުޅި ދުނިޔޭގެ ސަމާކުމަށް އައިސްފައި ވަނިކޮށެވެ. އެ ހާދިސާ މިހާރު އަންނަނީ އިތުރަށް ތަގުގީކުރަމުންނެވެ.

އެޓްލާންޓިކް ކަނޑުގެ 12،500 ފޫޓް އަޑީގައި އޮތް ޓައިޓޭނިކް ބަލަން ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓަން ރަޝް އާއި އިނގިރޭސި ވިޔަފާވެރިއެއް ކަމަށްވާ ހާމިޝް ހާޑިން އާއި ފްރާންސްގެ ޑައިވަރެއް ކަމަށްވާ ޕޯލް-ހެންރީ ނާޖިއޮލެޓާއި ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި މަހުޖަނެއް ކަމަށްވާ ޝާހުޒާދާ ދާއޫދު އާއި އޭނަގެ ދަރިފުޅު ސުލައިމާން ދާއޫދެވެ.

ޓައިޓޭނިކް ބަލަން އެ މީހުން ދިޔައީ ބޮލަކަށް 250،000 ޑޮލަރު ދައްކައިގެންނެވެ.

އެ މީހުން މަރުވެ ދިޔަ ހިތާމަވެރިއާ ހާދިސާއާ ގުޅުވައި މިސްޓަ ބީސްޓް ކުރި ޓްވީޓްގައި ބުނީ ޓައިޓޭނިކް ބަލަން ދާން އޭނަ އަށް ދައުވަތު ލިބުނީ މި މަހުގެ ކުރީކޮޅު ކަމަށާއި އެއަށް ނޫނެކޭ ބުނީ އެކަމާ ބިރުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އޭނަ އަށް ލިބުނު މެސެޖެއްގެ ސްކްރީންޝޮޓެއް ވެސް ޓްވީޓްގައި ހިއްސާކޮށްފައިވެ އެވެ.

ޓައިޓޭނިކް ފެތުނީ އޭޕްރިލް 15، 1912 ގަ އެވެ.