Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އިދިކޮޅު ކޯލިޝަނާއި ޑިމޮކްރެޓްސް ގުޅިގެން އެއްވުމެއް

ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް" ގުޅިގެން މަސައްކަތް ކުރާކަން ހާމަކުރުމަށް އެއްވުމަށް ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ އާޒިމް ވިދާޅުވީ ޑިމޮކްރެޓްސްއާއި ޕީޕީއެމް ޕީއެންސީ ކޯލިޝަން އެކުގައި މަސައްކަތްކުރާކަން ހާމަކޮށްދިނުމުގެ ގޮތުން ޖުލައި 3 ގައި ކަންމަތީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި އެއްވުމުގައި ޑިމޮކްރެޓްސް އަދި ޕީޕީއެމް ޕީއެންސީގެ އިސް ފަރާތްތައް ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކުގައިވެސް އިއްޔެ މަޝްވަރާ ކުރެވުނު ކަންކަމާމެދު އިތުރަށް ވާހަކަ ދެއްކުނުކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އެކަންކަން ފަހުން ހާމަކުރާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަލިކަށި ކުރުމަށް ކުރެވޭ މަސައްކަތް ކަމަށާއި މަޖިލީހާއި މަޖިލީހުން ބޭރުގައިވެސް މިމަސައްކަތް އިތުރަށް ބާރަށް ކުރާނެ ކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް މިޤައުމުގައި އޮންނާނެ ކަމަށެވެ.