ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހަކީ އެޕަލްގެ ފޭނުން ވަރަށް އިންތިޒާކުރާ މަހެކެވެ. މި އަހަރުގެ ސެޕްޓެމްބަރާ ކުރިމަތިލާން ވެސް ދެން މާ ގިނަ ދުވަހެއް ނެތެވެ. ހާއްސަ ކަމަކީ އެ މަހުގެ ތެރޭގައި އައިފޯން 15 ލޯންޗްކުރަން އޮތުމެވެ.
މީޑިއާތަކުން ބުނާ ގޮތުން އައިފޯން 15 ސީރީޒްއާ އެކީ އެޕަލްގެ އިތުރު އުފެއްދުންތަކެއް ވެސް ދައްކައިލާނެ އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުންނާއި އެޕަލްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ކުރީގައި ބައިގައި ތިލަކޮށްދޭ ބައެއް ޓެކް އެނަލިސްޓުން ބުނާ ގޮތުން އައިފޯން 15 ލޯންޗްކުރާ އިވެންޓް ސެޕްޓެމްބަރު މަހުގެ 12 ގެ ކުރިން ބާއްވާނެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ އިވެންޓް ބާއްވާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު 6 ގަ އެވެ.
އެގޮތުން އެ އިވެންޓްގައި އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ދައްކައިލާނެ ކަމަށް ބެލެވެ އެވެ.
ޔަގީންވާ ކަމަކީ ޑިޒައިންގެ ގޮތުން އެންމެ ފަހުން ނެރުނު އައިފޯން 14 އާ މާ ބޮޑު ތަފާތެއް ނެތަސް އައިފޯން 15 ގައި ނެތަސް ވަރަށް ހާއްސަ ވަރަށް ހާއްސަ ފީޗާތަކެއް އާ ފޯނުގައި ހުންނާނެކަމެވެ. އެހެންވެ ކޮން ކަންތައްތަކެއްތޯ ބަލާލަން އައިފޯނަށް ލޯބިކުރާ މީހުން ތިބީ ކެތްތެރި ކަމެއް ނެތި އިންޒާރުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރުގެ އިވެންޓްގައި އެޕަލް ދައްކައިލާނެ ކަމަށް ބެލެވޭ އުފެއްދުންތަކުގެ ތެރޭގައި އައިމެކް އާ ވާޝަނާއި އެޕަލް ވޮޗް އަލްޓްރާ ވެސް ހިމެނެ އެވެ.
އެހެންވެ ސެޕްޓެމްބަރަށް ކައުންޓްޑައުން ފަށައިގެން ތިބި މީހުން ގައިމު ވެސް މަދެއް ނުވާނެ އެވެ.