އަންނަ މަހުގެ ތެރޭގައި ފާހަގަކުރާ ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައި ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ ޔުނައިޓެޑް ފޮޓޯގްރާފަރސް އެސޯސިިއޭޝަނާ ގުޅިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށާް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް، ގައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކޮށް މިނިވަންކަން ހާމަކޮށްދޭ ކަހަލަ ފޮޓޯތަކެއް އާންމުންގެ ލެންސުން ގެނެސް ދިނުމެވެ.
މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން. ބައިވެރިވެ ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް.
މުބާރާތުގެ ޤަވާއިދާއި،ބައިވެރިވުމާއި ފޮޓޯ ހުށަހެޅުމަށް 👇https://t.co/fkJpYXVDYx pic.twitter.com/FkFfxJjZ2s
— Home Ministry, MV (@HomeMinistrymv) June 26, 2023
މުބާރާތުގެ ތީމަކީ "މިނިވަން އުފާ" އެވެ. އެ ތީމާގުޅުވައިގެން މައިގަނޑު ހަތަރު ދާއިރާއަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާމެ އެވެ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ތާރީހާއި ދިވެހިންގެ އާދަކާދަ އާއި ސަގާފަތް އަދި ދިވެހި މުޖުތަމައުގެ މިނިވަންކަމާއި އުފާފާގަތިކަމެވެ.
މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަންނަ މަހުގެ 15 އެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް ގިނަވެގެން ހުށަހެޅޭނީ 3 ފޮޓޯ އެވެ. ފޮޓޯތައް ހުށަހަޅާނީ މި https://upamv.org/competitions/ ލިންކް މެދިވެރިކޮށެވެ.
ހޯމް މިނިސްޓްރީން ބުނީ މުބާރާތުގެ އެންމެ މޮޅު ތިން ފޮޓޯ ހޮވައި ފައިސާގެ އިނާމު ވެސް ދޭނެ ކަމަށެވެ. އެގޮތުން މި އެއް ވަނަ އަށް 15،000ރ. ދެވަނަ އަށް ދާ ފަރާތަކަށް، 7،000ރ. އަދި ތިން ވަނަ އަށް 3،000ރ ވަނީ ހުށަހަޅައިފަ އެވެ.