Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"މިނިކާވަގު" ހޯދަން ސިފައިން ހަތިޔާރާ އެކީ މާފަރުގައި

މާފަރުން "މިނިކާވަގެއް" ފެނުމާ ގުޅިގެން އެ ހޯދަން މިއަދު އެ އެރަށަށް ހަތިޔާރާ އެކި ސިފައިން އަރައިފި އެވެ.

މާފަރު ކައުންސިލުން ބުނީ އެއާޕޯޓް ސަރަހައްދާއި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"މިނިކާވަގެއް" ކަމަށް ބެލެވޭ ޖަނަވާރެއް ފެނިގެން އުޅޭކަން ސަމާލުކަމަށް އައީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އޭގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.