Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ދިވެހި ދެ ހައްޖާޖީ އަކު އައިސީޔޫގައި

ހައްޖުގެ އަޅުކަން މިއަދު ފުރިހަމަ ކުރަމުން އަންނަ އިރު، ރާއްޖެ ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަލި ހާލަތު ހުރި ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ހައްޖު މިޝަންގައި ހިމެނޭ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައިސީ.ޔޫގައި ދެނީ ދުވަސްވީ ދެ ހައްޖާޖީއަކަށް ކަމަށެވެ. އަދި މިއަދު މީހުން، ޢަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

އަނީލު ވިދާޅުވީ ދެ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނަސް ޖުމްކޮށް، ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރާއްޖެ އަށް މި އަހަރު 1،000 ހައްޖު ކޯޓާ ލިބުނު އިރު، ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގްރޫޕަކުންނެވެ.

މި އަހަރު އަމީރުލައްޖަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.