Last Updated: May 2, 20:56
Friday, May 2, 2025
ދުނިޔެ

މެޓައިން ވީއާރް ސަބްސްކްރިޕްޝަން ހިދުމަތެއް

މަހަކު މުޅިން އާ ދެ ގޭމް ވެސް ކުޅެވޭ ގޮތަށް މެޓައިން ވާޗްއަލް ރިއަލިޓީ (ވީއާރް) ގެ ސަބްސްކްރިޕްޝަން ހިދުމަތެއް ތައާރަފުކޮށްފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ހިންގާ މެޓަގެ ވީއާރް ޑިވައިސް، ކްއެސްޓް 2 އާއި ކްއެސްޓް ޕްރޯގެ އެހީގައި ބޭނުން ކުރެވޭ "ކްއެސްޓް ޕްލަސް" ގެ މަހު ފީ އަކީ 7.99 ޑޮލަރަކެވެ. އަހަރަކަށް ދައްކަން ޖެހެނީ 59.99 ޑޮލަރެވެ. މި ތަޖުރިބާކޮށްލަން ބޭނުންވާ ނަމަ ފުރަތަ މަހުގައި 1 ޑޮލަރަށް އެކަން ކޮށްލެވިދާނެ އެވެ.

މެޓަގެ ވިއާރް ޑިވައިސްތަކުގެ އަގުތަކަށް ބަލާ އިރު، އަގުތައް އުޅެނީ 299.99 ޑޮލަރާއި 999.99 ޑޮލަރާ ދެމެދުގަ އެވެ. އަދި އެ ކުންފުނިން ވަރަށް އަވަހަށް ކްއެސްޓް 3 ވެސް ނެރޭނެ އެވެ.

މެޓައިން ވީއާރް ސަބްސްކްރިޕްޝަން ހިދުމަތެއް ފެށި އިރު، އެ ކުންފުނީފެ ވީއާރް ޔުނިޓަށް މި އަހަރުގެ ތިން މަހުގެ ތެރޭގައި ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއްވެފައިވެ އެވެ. ނަމަވެސް އަލަށް ފެށި "ކްއެސް ޕްލަސް" އާ އެކީ ވިޔަފާރި ރަނގަޅުވެ، ވީއާރަށް އޮންނަ ޑިމާންޑް ވެސް ބޮޑުވާން ފަށާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓައިން ވީއާރްގެ ތެރެއިން ހާއްސަ ހިދުމަތެއް ތައާރަފުކުރި، ވާދަވެރި އެޕަލް އިން ވަނީ މި މަހުގެ އެ ކުންފުނީގެ ވީއާރް/އޭއާރް ޑިވައިސް ދައްކާލައިފަ އެވެ. އޭގެ އަގަކީ 3،499 ޑޮލަރެވެ. އެހެންވެ މެޓަ އަށް ކުރިއަށް އޮތް ތަނުގައި ބޮޑު ވާދަވެރި ކަމަކަށް ވާނެ އެވެ.

މެޓައިން 2021 ގައި އިއުލާންކޮށްފައިވާ ގޮތުގައި ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވާޗުއަލް ދުނިޔައިގެ ތެރެއަށް މީހުން ގެންގޮސްދޭން ވަރުގަދަ "މަލްޓިވާސް" އެއް ބިނާކުރުމެވެ. މިކަމާ ގުޅުވައި އެ ކުންފުނިން މިހާރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ދޭ ސަމާލުކަން ވެސް ވަރަށް ބޮޑެވެ.