Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަށް ފުޅަދު އަށް

މޯލްޑިވިއަން ސީޕްލޭން ދަތުރު ބ. ބޮޑުފުޅަދޫއަށް / ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަން ސީޕްލޭން ދަތުރުތައް މީހުން ދިރިއުޅޭ ރަށްރަށަށް އެކުންފުނިން ފަށައިފިއެވެ.

އެކުންފުނިން ދަތުރުތައް ފެށިއިރު، އެންމެ ފުރަތަމަ ދަތުރުކުރީ ހޯމަ ދުވަހު ބ. ފުޅަދޫ އަށެވެ. މި ދަތުރުތަށް ފެށުމަށް 3 އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު ހޯމަ ދުވަހު ދަތުރު ފެށިއިރު، ފުޅަދޫ ދަތުރުގެ ދިގުމިނަކީ 25 މިނެޓެވެ. ޝެޑިއުލްކޮށް ކުރާ މިދަތުރު އެންމެ އަވަހަށް އަޮންނާނީ މިމަހުގެ 29 އަދި އަންނަ މަހު 1 ވަނަ ދުވަހުއެވެ.

ޓުއަރިޒަމްގެ އޮފް ސީޒަނާއި ދިމާކޮށް ފެށި މިދަތުރުތައް އަންނަ އަހަރު ކުރީކޮޅާއި ހަމައަށް ޝެޑިއުލްކޮށް ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ސީޒަންގެ ތެރޭގައި ގެސްޓް ހައުސް ހިންގާ މިރަށަށް ދަތުރުތަށް އޮންނާނެ ކަމަށް އެ މޯލްޑިވިއަންއިން ބުނެއެވެ.


މޯލްޑިވިއަންގެ ދަތުރު ބ. އަތޮޅަށް ފެށިއިރު، ބ. އަތޮޅު ދަރަވަންދޫގައި އެއާޕޯޓެއް އޮވެއެވެ. ނަމަވެސް ދަރަވަންދޫ ދުރެވެ. އެހެންވެ އެ ރަށުގެ ގެސްޓް ހައުސްތަކާއިވެސް ގުޅިގެން މި ދަތުރުތަށް ފެށި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދާ ރަށްރަށަށް ސީޕްލޭން ދަތުރުތައް ފެށިގެން ދިއުމާއެކު މިއީ މިފަދަ ރަށްތަކުގެ އިޤްތިޞާދު ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކަމާއިބެހޭ ފަރާތްތަކުން ޤަބޫލު ކުރެއެވެ.