ޑައިރެކްޓަރު ޖޭމްސް ގަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ސުޕަމޭންގެ އާ ފިލްމު "ސުޕަމޭން: ލެގަސީ" އަށް އެކްޓަރަކު ހޯދައިފި އެވެ.
މަޝްހޫރު އެކްޓަރު ހެންރީ ކެވިލް އެ ރޯލު ކުރިން ކުލެން އޮއްވައި އޭނަ ބަދަލުގައި ފިލްމަށް އެހެން އެކްޓަރަކު ހޯދަން ނިންމީ މިދިޔަ އަހަރު އެވެ. ހެންރީ 2013 ގެ ސުޕަމޭންގެ ފިލްމު "މޭން އޮފް ސްޓީލް" ގެ ބަތަލެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އާ ސުޕަމޭންއަކަށް ނަގާފައި ވަނީ ޒުވާން އެކްޓަރު ޑޭވިޑް ކޮރެންސްވެޓް އެވެ. އުމުރުން 30 އަހަރުގެ އެކްޓަރު ކުރިން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2018 ގެ "އެފެއާސް އޮފް ސްޓޭޓް" އާއި "ދަ ސަންލިޓް ނައިޓް" އެވެ. ޑޭވިޑް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ޕާލް" އިންނެވެ.
Accurate! (They are not only both incredible actors, but also wonderful people). https://t.co/1FtwYIDeYj
— James Gunn (@JamesGunn) June 27, 2023
އޭނަ ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ނެޓްފްލިކްސް އިން 2019-2020 އަށް ގެނެސްދިން "ދަ ޕޮލިޓިޝަން" އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ސުޕަމޭންގެ ރޯލަށް ޑޭވިޑް ނެގީ ޑީސީ ފިލްމްސް އިން ނެގީ އެކްޓަރުންތަކެއް ޝޯޓްލިސްޓްކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ނިކޮލަސް ހޯލްޓާއި ޓޮމް ބްރިޓްނީ ހިމެނެ އެވެ. އަދި "ސުލަޕަމޭން: ލެގަސީ" އަށް ޑޭވިޑް ނެގީ މި މަހުގެ 17 ގަ އެވެ.
ޖުލައި 11، 2025 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ބަތަލާއަކަށް ނަގާފައި ވަނީ ރެޗެލް ބްރޮސްނާހަން އެވެ. އުމުރުން 32 އަހަރުގެ މި ބަތަލާ އަކީ ވެސް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. ރެޗެލްގެ އެންމެ ފަހިގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑެޑް ފޯ އަ ޑޮލާ" އެވެ.