Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެކި ހިސާބުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

އައްޑޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ- ފޮޓޯ: އައްޑޫލައިވް

މިއަހަރުގެ އަޟްހާ އީދު ނަމާދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި ކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވާއިރު އައްޑޫގައި ވެސް ވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެވެ. އެގޮތުން އައްޑޫސިޓީގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވަނީ ސިޓީ ސްކޮޔާގައެވެ.

މީގެއިތުރުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފައިވަނީ، މާފަންނު ސްޓޭޑިއަމްގައެވެ. އަދި ހުޅުމާލެ ފޭސް1 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އީދު ނަމާދު ޖަމާއަތުގައި ކުރިއިރު ފޭސް 2ގައި ނަމާދުކުރީ ކްރިކެޓް ސްޓޭޑިއަމްގައެވެ. މީގެއިތުރުން ވިލިމާލޭގައި އީދު ނަމާދު ކޮށްފައިވަނީ ފުޓްބޯޅަ ދަނޑުގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.