Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އިންތިހާބު ގާތްވުމުން ގޯތި ދިނުމަކީ ރިޝްވަތު

ރިޔާސީ އިންތިހާބު ބާއްވަން ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހަށްވެފައި ވަނިކޮށް ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ރިޝްވަތު ހުހަށެހެޅުމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" ވައުދު ނުފުއްދި އޮތް ސަރުކާރަށް އެނގުނީ މިހާރު ކަމަށެވެ.

"މިއަދު ތި ގޯތި ދޭ ގޮތަށް 2018 ޑިސެމްބަރު 1 ގައިވެސް ގޯތި ދެވުނީސް. ތިބުނާ ގޯތިތަކެއް އެ ދުވަހު ވެސް އަދި މިއަދުވެސް ވުޖޫދަކު ނެތް،" ދުންޔާ ވިދާޅުވި އެވެ. "އިލެކްޝަނަށް ދޮޅު މަހަށް ވީމާ ގޯތިދޭނެ މީހުން ގެނަން އިއުލާނު ކުރުމަކީ ރިޝްވަތު ހުށަހެޅުން."

ސަރުކާރުން ބުފަ ދުވަހު ވަނީ ގޯތި ލިބޭ 10،000 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ.

އިދިކޮޅު ވަރަށް ގިނަ ފަރާތްތަކުން ބުނަމުން ދަނީ ސަަރުކާރުން މި ދަނޑިވަޅުގައި ގޯތިި ދެނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި ބޭނުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.