މާލޭގައި ހިނގާފައި ދިޔަ މީހެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މަޖީދީ މަހގު ރެޑްވޭވްއާ ހިސާބުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަކީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.