ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތޮއްޑޫއަށް ވަޑައިގެންފިއެވެ.
އަޟްހާ އީދު ފާހަގަ ކުރެއްވުމަށް ރައީސް ސޯލިހް ތޮއްޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
— The President's Office (@presidencymv) June 28, 2023
ރައީސް ސޯލިހް ތޮއްޑޫއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް ހާއްސަކޮށް އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދެއްވާ ޖާފަތެއް މިއަދު މެންދުރު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ތޮއްޑޫގައި އީދު ފާހަގަކުރުމަށް މިއަދު ހަވީރު ކުޑަކުދިންގެ ހާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ އީދު ޝޯ އޮންނާނެ ކަމަށް ވެސް މައުލޫމާތުލިބެއެވެ.