Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ބްލައިންޑް" ގެ ޓީޒާއެއް

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ބްލައިންޑް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަންނަ މަހުގެ 7 ގައި ޖިއޯ ސިނަމާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމަކީ ކޮރެއާގެ 2011 ގެ "ބްލައިންޑް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

ސޯނަމްގެ ފިލްމުގެ ޑައިރެކްޓަކީ ޝޯމް މަކީޖާ އެވެ. އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ޕޫރަބް ކޯލީ އާއި ލިލީތާ ޑުބޭގެ އިތުރުން ވިނޭ ޕަތަކް ހިމެނެ އެވެ.