Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

މޯލްޑިވްސް ޓްރެވެލް އެވޯޑްސް އަށް ހުޅުވާލައިފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަށް ނަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، (މަޓާޓޯ) އިން ހުޅުވާލައިފި އެވެ.

އެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 އާ ހަމައަށެވެ.

ދެ އަހަރަށް ފަހު މޯލްޑިވްސް ޓްރެވެލް އެވޯޑްސް މި އަހަރު އަލުން ދޭ އިރު، އެވޯޑްސްގައި ގެސްޓްހައުސް އެޑިޝަންގައި 10 ދާއިރާއެއް ހިމެނެ އެވެ. އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސްގެ އިތުރުން، ޓްރިޕް އެޑްވައިޒާގައި ގެސް ހައުސްގެ ރޭންކިން އަށް ބަލާނެ އެވެ.

މިއަހަރުގެ އެވޯޑްސްގައި ގެސްޓްހައުސް އާއި ރިސޯޓް ކްރޫސް އެންޑް ސާވިސްގެ ދަށުން 32 ދާއިރާއެއް ހިމެނެ އެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސް ތައާރަފުކުރީ 2012 ގަ އެވެ.

މި އަހަރަކީ އެވޯޑް 9 ވަނަ އަހަރެވެ.