ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އީދު ޗުއްޓީ އދ. އޮމަދޫގައި ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.
އާއިލާއާ އެކީ އެ ރަށަށް އިއްޔެ ޗުއްޓީ އަށް ވަޑައިގެން މިއަދުގެ އީދު ނަމާދުގައި ބައިވެރިވެވަޑައިގެން، މައުމޫން އާންމުންނާ ސަލާން ކުރައްވައި އީދު ތަހުނިޔާ ވެސް އޮމަދޫ ރައްޔިތުންނަށް ދެންނެވި އެވެ.
ޢީދު ޗުއްޓީއަށް އަޅުގަނޑާއި ޢާއިލާ އދ. އޮމަދުއަށް ޒިޔާރަތް ކުރުމުން އެރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާ އަށް ޓަކާ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. pic.twitter.com/JWDkazs9rt
— Maumoon Abdul Gayoom (@maumoonagayoom) June 27, 2023
މައުމޫން ކުރެއްވި ޓްވީޓެއްގައި އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން އާއިލާ އަށް ކީ މަރުހަބާއަށްޓަކައި ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.
މައުމޫން އަރިހުގައި އޮމަދު އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި ދަރިކަލުން ފާރިސް މައުމޫނާއި މި ސަރުކާރުގެ ހެރިޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން ހިމެނެ އެވެ.