މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން އެނބުރި އަންނަން ފަށާނީ އަންނަ މަހުގެ 7 އިން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހުރިހާ ހައްޖުވެރިން އެނބުރި އައިސް ނިމޭނީ އަންނަ މަހުގެ 14 އަށް ކަމަށާއި ހައްޖާޖީންގެ ދަތަރު ހަމަަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ފްލައިޓް އޮންނާނީ ޖުލައި 7 ގަ އެވެ. އެ ދުވަހު ރާއްޖެ އަށް އަންނާނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެކެވެ. ތިން ވަނަ ފްލައިޓުން ޖުލައި ގައި އަންނާނީ ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ އިތުރު ހައްޖާޖީންތަކަކާ އެކީގަ ކެވެ.
ޖުލައި 11 ވަނަ ދުވަހު ހަތަރު ވަނަ ފްލައިޓުން ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން އަންނާނެ އެވެ. ފަސް ވަނަ ފްލައިޓް ޖުލައި 12 ގައި އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖާޖީންނާ އެކީގަ އެވެ. އަދި ފަހު ފްލައިޓް ޖުލައި 14 ގައި އަންނާނީ ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ބަޔަކާ އެކީގަ އެވެ.

މި އަހަރު ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ލިބުނު އިރު، އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
އަންނަ މަހުގެ 7 ގައި ދިވެހި ހައްޖާޖީން އެނބުރި އަންނަން ފަށާ އިރު، ހައްޖަށް ދިޔަ އުމުރުން ދުވަސްވީ ދެ މީހެއްގެ ހާލު ދެރަވެގެން އެޑްމިޓްކޮށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ 85 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނެކެވެ.