Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 9 ލައްކަ އަށް

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 9 ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 25ގެ ނިޔަލަށް ރާއްޖެއަށް ވަނީ 904,980 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 13.9 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 794,853 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާ އަދި އިންޑިއާ އެވެ. އެ ދެ ގައުމު ންވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ.