ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީ ޖޭޕީ) ގެ ޓީމްތަކެއް މިއަދު ދެ އަތޮޅަކަށް ފުރައިފި އެވެ.
ކެމްޕޭން ޓީމްތަކެއް ފުރީ ބ. އަތޮޅާއި ރ. އަތޮޅަށެވެ. މި ދެ އަތޮޅަށް ކުރާ ކެމްޕޭން ދަތުރުތަކުގައި ޕާޓީ އަށް މެމްބަރުން އިތުރުކުރުމާއި ޖަަގަހަ ހަރަކާތްތަކާއި ދޮރުންދޮރުން ހިނގުން ފަދަ ކަންކަން ކުރިއަށް ގެންދާނެ އެވެ.
އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް @qasimibrahim އަށް ތާއީދު ހޯދުމަށް ބ، ރ އަތޮޅަށް ފެށުނު ކެމްޕެއިން ދަތުރުގެ ތެރެއިން. އެންމެން ގުޅިގެން ޤާސިމް ހޮވަމާ. @ameenmaldives @ammadaysaud @ahmed_nihan pic.twitter.com/ay22VvqXKd
— Abdullanawaz (@abdullanawa) June 29, 2023
މި ދަތުރުތަކުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ޙުސައިން އާއި ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބް ރައީސް ޝުއައިބް ޝިފާޒް ޝަރީފްގެ އިތުރުން ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޖޭޕީން ބުނީ ކެމްޕޭން ޓީމުން ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރަށްޔިތުންގެ ޝަކުވާތައް ދެނެގަތުމަށް ރަށްރަށުގެ ޓީމުތަކާ އެކީ މަޝްވަރާތައް ވެސް ކުރިއަށް ކަމަށެވެ. މީގެ އިތުރުން ގާސިމަށް ތާއިދު ހޯދުމުގެ ތަފާތު ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް @JPSecretariat އިން ރާއްޖޭގެ އުތުރުން ފޯރިއާއިއެކު ކެމްޕެއިން ކުރިޔަށް. #ހާސްކަނޑާލާހަމަޖެހޭނެ#ޤާސިމް2023 pic.twitter.com/MePKI8enLa
— muhammad 🇲 💡💡 بجمهورية_المالديف (@saeedBOKI) June 29, 2023
ޖޭޕީން ބުނީ ހއ އާއި އއ. އަތޮޅުގެ ބައެއް ދާއިރާތަކުގައި ވެސް ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ ކަމަށެވެ.
ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ފަހަރަކީ ގާސިމްގެ ފަހަރެވެ. އަދި އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުންނެވެ.