Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ޤުރުއާން އެންދި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފި

ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

ސްވިޑެންގައި ކީރިތި ގުރުއާން އެންދުމުން އެކަން ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އިއްޔެ އަޟްހާ އީދު ފާހަގަކުރަމުން ދަނިކޮށް ސްވިޑެންގައި ހަތިމެއް އަންދާލީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުން ސްވިޑްންގައި ހަތިމެއް އަންދައިލީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ސަލްވާން މޮމީކާ ކިޔާ އިރާގުގެ މީހެކެވެ. އޭނާ ހަތިމު އަންދައިލީ ފުލުހުން ހުއްދަ ދީގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ހޫނުވެ، މެދުތެރޭ ސްޓޮކްހޮމްގެ މިސްކިތެއްގެ ކައިރީގަ އެވެ.

މިކަން ކުށްވެރިކޮށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާލުފާޅުކުރުމުގެ ނަމުގައި ހިންގާ މިފަދަ ޖަރީމާތައް އެއްގޮތަކަށް ވެސް ބަލައިނުގަންނާނެ ކަމަށާއި ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކުގެ ސަބަބުން އެ ގުޅުންތަކާއި އެއްބައިވަންތަކަމުގެ އަސާސްތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބުރުއަރާ ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ އިސްލާމްދީނާއި ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

މިކަމާ ގުޅިގެން މުސްލިމު ގައުމުތަކުގެ ފާޑުކިޔުންތައް ސްވިޑެން އަށް އަމާޒުވެފައިވާ އިރު، އެ ގައުމުގެ ބޮޑުވަޒީރު އަލްފް ކްރިސްޓެސަން ވިދާޅުވީ "ހަތިމު އެންދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް" ކަމަށާއި "އެކަމަކު އެކަން ކުރުން ބަލައިނުގަންނަ" ކަމަށެވެ.