Last Updated: July 19, 13:41
Sunday, July 19, 2026
ދުނިޔެ

ސްވިޑްންގައި އަނެއްކާ ވެސް ޤުރުއާން އަންދައިފި

މިދިޔަ އަހަރު ވެސް ކީރިތި ޤުރުއާނަށް އިހާނެތިކޮށް، ހިތައި ދުނިޔޭގެ މުސްލިމުން ރުޅި އެރުވި ސްވިޑްންގައި އަނެއްކާ ވެސް އެފަދަ އަމަލެއް ހިންގައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އިއްޔެ އަޟްހާ އީދު ފާހަގަކުރަމުން ދަނިކޮށް ސްވިޑްންގައި ވަނީ ހަތިމެއް އަންދާލައިފަ އެވެ. މިކަމާ ގުޅިގެން މުސްލިމު ވަރަށް ގައުމުތަކުން އެކަން ކުށްވެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ މޮރޮކޯ، އިރާން، އިރާގު އަދި މިސްރު ފަދަ ގައުމުތައް ހިމެނެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ސްވިޑްންގައި ހަތިމެއް އަންދައިލީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ސަލްވާން މޮމީކާ ކިޔާ އިރާގުގެ މީހެކެވެ. އަދި އޭނަ ހަތިމު އަންދައިލީ ފުލުހުން ހުއްދަ ދީގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ހޫނުވެ، މެދުތެރޭ ސްޓޮކްހޮމްގެ މިސްކިތެއްގެ ކައިރީގަ އެވެ.

މީޑިއާތަކުން ބުނީ ހަތިމުގައި ރޯކޮށްލުމުގެ މުސްލިމުންނާ މެދު ރުޅިވެރިކަމުގެ ބަސްތައް ގޮވައި، އިސްލާމް ދީނާއި ރަސޫލާ އަށް ވެސް ފުރައްސާރަކޮށް ސަލްވާން ގޮވެލިތަކެއް ގޮވި ކަމަށެވެ.

މިކަމާ ގުޅިގެން މުސްލިމު ގައުމުތަކުގެ ފާޑުކިޔުންތައް ސްވިޑްން އަށް އަމާޒުވެފައިވާ އިރު، އެ ގައުމުގެ ބޮޑުވަޒީރު އަލްފް ކްރިސްޓެސަން ވިދާޅުވީ "ހަތިމު އެންދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް" ކަމަށާއި "އެކަމަކު އެކަން ކުރުން ބަލައިނުގަންނަ" ކަމަށެވެ.