އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބް ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހްމީ އަހްމަދު ކައުންސިލް ކަމުގެ ހުވާ ރޭ ކުރައްވައިފިއެވެ.
ރޭ ފޭދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފަހްމީއަށް ހުވާ ލައި ދެއްވީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ހުސެއިން ރަޝީދުއެވެ.
ރޭގެ ރަސްމިއްޔާތުގައި، ފޭދޫ ދާއިރާއަށް އަލަށް އިންތިހާބް ވެޑައިގަތް އަލީ ފަހްމީ ވިދާޅުވީ ސަރުކާރާއި ،ގުޅިގެން ރައްޔިތުންނަށް ފޯރުކޮސްދޭން ޖެހޭ ހިދްމަތް އަމާނާތްތެރިކަމާއި އެކު ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ކައުންސިލްގެ ޕްލޭން ތަންފީޒު ކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ފަހްމީ ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން އައްޑޫގެ އެކި މުވައްސަސާގެ އިސްވެރިންނާއި ފޭދޫގެ ބައެއް ރައްޔިތުން ބައިވެރިވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ކުއްލި ގޮތަކަށް ނިޔާވި ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަލްމަރްހޫމް އަބްދުﷲ އަސްވާނުގެ ހަނދާނުގައި ސުކޫތެެއް ގެނައެވެ.