Last Updated: July 19, 13:41
Sunday, July 19, 2026
ދުނިޔެ

ފޭސްބުކަށް ކެމްބޯޑިއާ އިން އިންޒާރެއް

ފޭސްބުކްގެ އުސޫލުތަކާ ހިލާފުވެގެން އެ ޕްލެޓްފޯމުން ކެމްބޯޑިއާގެ ބޮޑުވަޒީ ހުން ސެން ހަ މަހަށް ސަސްޕެންޑްކުރަން ނިންމުމާ ގުޅިގެން، ފޭސްބުކް ބޭނުން ކުރެއްވުން ހުއްޓަވާލައި ގައުމުގައި އެ ބްކޮލްކުރައްވައިފާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

ފޭސްބުކުން ހުން ސެން ސަސްޕެންޑްކުރަން ނުންމީ އިދިކޮޅު ފަރާތްތަކާ ކުރިމަތިލާން ގޮވާލައި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވައި އާންމުކުފެއްވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގެ މައްސަލަ މެޓައިން ހިންގާ ފޭސްބުކް އޯވަސައިޓް ކޮމިޓިން މުރާޖައާކުރުމަށް ފަހު ނިންމީ އޭގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ނިންމައި، ބޮޑުވަޒީރަށް ހަ މަހަށް ފޭސްބުކް ނުކުރެވޭ ގޮތަށް ހެދުމަށެވެ.

އެކަމާ ގުޅިގެން އޭނަ އަމިއްލަ އަށް އިއްޔެ ފޭސްބުކް ދޫކޮށްލައްވައި ވަނީ ކެމްބޯޑިއާ އެއްކޮށް ފޭސްބުކް ބްލޮލްކުރައްވާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވީ "ކިބުރުވެރިކަން ދައްކާ ނަމަ ފާޑުފާޑެއް ނުކުރެވޭ ކަމަށާއި މާ ކަންތައް ބޮޑުކުރާނަ ފޭސްބުކް ބްލޮކްކޮށް ލެވިދާނެ" ކަމަށެވެ.

އަދި ހުން ސެން ވަނީ ފޭސްބުކް ދޫކޮށްލެއްވުމަށް ފަހު ޓިކޮޓްކާއި ޓެލެގްރާމް ބޭނުން ކުރައްވަން ފައްޓަވައި ސަޕޯޓަރުން ވެސް އެ ޕްލެޓްފޯމްތަލަށް ހިޖުރަކުރަކުރަން އެދިވަޑައިގެންފަ އެވެ.

ހިޔާލުފާޅުކުމަށް މިހާރު އެންމެ އާންމު ޕްލެޓްފޯމެއްގެ ގޮތުގައި ކެމްބޯޑިއާގައި ގިނަ ބަޔަކު ބޭނުން ކުރާ ފޭސްބުކް ބްލޮކްކު ރައްވާނެކަމުގެ އިންޒާރު ބޮވަޒޫރު ދެއްވި އިރު، އަންނަ މަހަކީ އިންތިހާބު ވެސް އޮތް މަހެކެވެ. އެހެންވެ މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރައްބވާ ކަމެއް ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

ހުން ސެން ކެމްބޯޑިއޯގެ ބޮޑުވަޒީކަން ކުރައްވަމުން ގެންދަވަނީ 1998 އިން ފެށިގެންނެވެ. އޭނަ މި އަހަރުގެ ޖެނުއަރީގައި ރާއްޖެ އަށް ވެސް ރަސްމީ ދަތުރެއް ކުރެއްވި އެވެ.