Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އަކްޝޭގެ "ހައުސްފުލް 5" އިއުލާންކޮށްފި

އަކްޝޭ ކުމާރުގެ "ހައުސްފުލް" ފްރެންޗައިޒްގެ ފަސް ވަނަ ފިލްމު މިއަދު އިއުލާންކޮށްފި އެވެ.

ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ އެކީ ބުނެފައި ވަނީ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެެމްބަރުގައި ފާހަގަކުރާ ދިވާލީ ތެރޭގައި ކަމަށެވެ. ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަންގެ "ހައުސްސްފުލް 5" ގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވެފައި ވަނީ ތަރުން މަންސުކާނީ އެވެ.

އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2008 ގެ ކާމިޔާބު ފިލްމު "ދޯސްތާނާ" ގެނެސްދިން ޑައިރެކްޓަރެވެ. އޭގެ ފަހުން ތަރޫން ގެނެސްދިން ފިލްމަކީ 2019 ގެ "ޑްރައިވް" އެވެ.

"ހައުސްފުލް 5" މިއަދު އިއުލާންކުރި ނަމަވެސް އަކްޝޭ ފިޔަވައި، ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފުރަތަމަ ހަތަރުގައި ބައިގައި އަކްޝޭއާ އެކީ ރިތޭޝް ދޭޝްމުކް މުހިއްމު ރޯލެއް ކުޅުނެވެ. އަދި ކޮންމެ ބަޔަކާ އެކީ ވެސް "ހައުސްފުލް" އިން ތަފާތު ބޮޑު ކާސްޓެއް ފެނިގެން ދެ އެވެ.

މީގެ ފުރަތަމަ ދެ ފިލްމު ކަމަށްވާ 2010 ގެ "ހައުސްފުލް" އާއި 2012 ގެ "ހައުސްފުލް 2" ގެ ޑައިރެކްޓްކުރީ ސާޖިދު ޚާނެވެ. އަދި 2016 ގެ "ހައުސްފުލް 3" އާއި 2019 ގެ "ހައުސްފުލް 4" ޑައިރެކްޓްކުރީ ފަރުހާދު ސަމްޖީ އެވެ.