މިއހަރުގެ އަޟްހާ އީދު ބޮޑު ޖަމާއަތުގައި މަރަދޫ ޕާކްގައި ކޮށްފިއެވެ.
އީދު ފާހަގަކުރުމަށް މަރަދޫ ހިޔައު ޖަމިއްޔާއިން ކުރިއަށް ގެންދާ ހަރަކާތް ފެށުން އޮތީ މިއަދު މަރަދޫ ޕާކްގައި ކުރެވޭ ބޮޑު ޖަމާއަތުގެ އީދު ނަމާދުންނެވެ. ހިތަދޫގައި، މިފަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބާއްވާތީ، ހިތަދޫ އާއި ގުޅިފައިވާ އެހެނިހެން ރަށްރަށުން މީހުންވަނީ އީދު ނަމާދުގައި ބައިވެރިވެފައެވެ.

އީދު ނަމާދަށްފަހު އީދު ސައިފޮދުވަނީ އެސަރަހައްދުގައި، ތައްޔާރުކޮށްފައެވެ.
އީދު ފާހަގަ ކުރުމަށް އައްޑޫގައި ތަފާތު ހަރަކާތް ހިންގުމަށް ރާވާފައިވާއިރު މިއަދު ހަވީރު މަރަދޫގައި އީދުގެ ސަގާފީ ކުޅިވަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫގައި އީދު ކުޅިވަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސްޓޭޑިއަމް ސަރަހައްދުގައެވެ. ސަގާފީ ކުޅިވަރުގެ ތެރެއިން ބޮޑު މަސް ދުއްވުން ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިން، ހިތަދޫ އެޅެދީދީ މަގުގައެވެ.