Last Updated: July 19, 13:41
Sunday, July 19, 2026
ދުނިޔެ

ލޮނުފުކެއް ވަރުގެ އަތްދަބަހަކަށް ބޮޑު އަގެއް

ފޮޓޯ އިން ފެންނަނީ އަތްދަބަހެކޭ ބުނެފި ނަމަ ގަބޫލުކުރަން ހަމަ ގައިމު ވެސް ދަތިވެދާނެ އެވެ. ސަބަބަކީ ހަމަލޮލަލަށް އެ ފެންނަނީ ކުޑަވަރެއްގެ ތިއްކެއް ގޮތަށް ކަމަށްވާތީ އެވެ. އެކަމަކު މައިކްރޮސްކޯޕަކަށް ލައިގެން މި ބަލައިފި ނަމަ ފެންނާނީ ހަނަ އަތްދަބަހެކެވެ. ވައްތަރީ މަޝްހޫރު ބްރޭންޑް، ލުއީ ވިޓޯންގެ އަތްދަބަހަކާ އެވެ.

މި އާދަޔާހިލާފު ކުޑަ އަތްދަބަސް ޑިޒައިންކުރީ މީގެ ކުރިން ވެސް ފާޑުކިޔުންތަކެއް އަމާޒުވި އުފެއްދުންތަކެއް ނެރުނު އެމެރިކާގެ ނިއު ޔޯކް ބްރޫކްލީންގެ އާޓް ކަލެކްޓިވެއް ކަމަށްވާ އެމްއެސްސީއެޗްއެފްއިންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ސައިޒުން މިހާ ކުޑަ އަތްދަބަހެއް ނެރުނީ ހަމަ ތަފާތު އުފެއްދުމެއް ގެނެސް ދިނުމުގެ ބޭނުމުގަ އެވެ. މި އުފައްދާފައި ވަނީ ޕޮލިމާ ރެޒިންގައި 3ޑީ ޕްރިންޓިން ޓެކްނޮލޮޖީގެ އެހީގަ އެވެ.

އެކަމަކާ ބަހުސެއް ނެތެވެ. އެންމެ ބޮޑު ސުވާލަކީ މިއިން ކިރާނީ ކީއް ހެއްޔޭ އެވެ؟

އެ ސުވާލަށް ދޭނެ "ހަމަޖެހޭ" ޖަވާބެއް ނެތަސް ހައިރާންވާ ކަމަކީ މި އަތްދަބަސް މިހާރު ބޮޑު އަގަކަށް ވިކިފައިވާކަމެވެ. އަންތަރީސް ވެދާނެ އެވެ ނީލަމެއްގައި މި ވިކިފައި ވަނީ 63،750 ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލައިފި ނަމަ 983،025ރ. އެވެ. ގަތް މީހާ އަށް އަތްދަބަހާ އެކީ މައިކްރޮސްކޯޕެއް ވެސް ލިބުނެވެ.