މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި އައްޑޫގައި ކުރަމުން ދިޔަ މައްސަލައެއްގައި އައްޑޫގައި މަސައްކަތް ކުރާ ފުލުހަކާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފޭދޫގެ ފުލުހަކާއި ފޭދޫގެ އިތުރު ދެ މީހެކެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުސް މީހާ އަތުލައިގެންފައިވަނީ އޭނާގެ ގޭގައި ހުއްޓައެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 3 ގެއެއް ބަލައި ފާސްކޮށް މަސްތުވާ ތަކެއްޗަށް ޝައްކުކުރެވޭ ސާމާން އަޅާފައިވާ ސެލޯފިން ގަނޑެއް ހޯދާފައެވެ.
މި މައްސަލަ އައްޑޫ ޕޮލިހާއި، ޕޮލިސް އިންޓަލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ތަހްގީގު ކުރަމުން އަންނަ އިރު އިތުރު މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މިމައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާ ކަން ވެސް ވަނީ ކަށަވަރުވެފައެވެ،