މިއަދު މެންދުރު 2:30 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ބައިސިކަލަކުން ކަޓުވާލަން އުޅުމުގެ ތެރޭ ކޮންޓްރޯލް ނުވެ ފާރުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި، ބައިސިކަލަކުން ދިޔަ ބިދޭސީ ކައިރިން ނައްޓާލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލް ގޮސް ޖެހިފައިވަނީ މަރަދޫ ފޭދޫ ސިޓީ މޯޝަން ފިހާރަ އާއި ދިމާލު ފާރުގައެވެ.
މި ހާދިސާގައި ސައިކަލް ދުއްވި ޒުވާނާއަށް ސީރިއަސް އަނިޔާލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް އަންނަނީ…….