Last Updated: July 19, 16:40
Sunday, July 19, 2026
މުނިފޫހިފިލުވުން

މެސީ މި ފަހަރު އެކްޓަރެއްގެ ގޮތުގައި

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީއާ ފުޓްބޯޅައިގެ ކެރިއަރާ މެދު ކިޔާނެ އެއްވެސް ފާޑެއް ނެތެވެ. އެކަމަކު އެކްޓަރެއްގެ ގޮތުގައި އޭނަ ފެނިއްޖެ ނަމަ ހަމަ ފާޑުކިޔުމުގެ ފުރުސަތި އޮވެދާނެ އެވެ. އެހެންވީމާ ފާޑު ކިޔަންވީ އެވެ.

މެސީ މިއޮތީ އާޖެންޓީނާގެ ސީރީޒެއް ކުޅެފަ އެވެ. ސްޓާ+ ކިޔާ ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭ މީ ސީރީޒްގެ ނަމަކީ "ދަ ޕްރޮޓެކްޓާސް" އެވެ. މެސީ ހިއްސާވެފައި ވަނީ މި ސީރީޒްގެ ދެވަނަ ސީޒަންގަ އެވެ.

"ދަ ޕްރޮޓެކްޓާސް" ގައި ކިޔައި ދެނީ ބަނގުރޫޓްވުމުގެ މަގުމަތީގައި ތިބި ފުޓްބޯޅައިގެ ތިން އޭޖެންޓަކު، އެ މީހުންގެ ކެރިއަރު އެ ކުޅިވަރުގެ ތެރެއިން އެހެން ގޮތަކަށް ބައްޓަންކުރާ މަސައްކަތެވެ. އެގޮތުން އެ މީހުން މެސީއާ ބައްދަލުކޮށް ޔޫރަޕަށް ބަދަލުވާން ބޭނުންވާ ޒުވާން ފުޓްބޯޅަ ތަރިންތަކެއް އުފައްދަން ޑީލްއެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެ އެވެ.

ސީރީޒް ދެން ނިއުޅިގެން ދާނީ އެ މީހުންގެ މަސައްކަތުގައި މެސީ ބައިވެރިވާ ގޮތެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ތަރި ކަމަށްވާ މެސީގެ ބައިވެރިވުން އޮތުމާ އެކީ "ދަ ޕްރޮޓެކްޓާސް" ގެ ވާހަކަ ވަރަށް ގިނަ މީޑިއާތަކުން ގެނެސް ދީފައިވެ އެވެ. އަދި މެސީގެ ފޭނުންގެ ސަމާލުކަން ވެސް ސީރީޒަށް ވަނީ ލިބިފަ އެވެ.

މެސީ އެންމެ ފަހުން ކުޅުނީ ފްރާންސް ޕީއެސްޖީއަށެވެ.