ދެކުނު އިންޑިއާ ކަނޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މާލެއާ 1748 ކިލޯ މީޓަރު ދުރުން ދެކުުނު އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވަނީ މެންދުރު 12:29 ހާއިރު ކަމަށެވެ.
އެ ބިންހެލުމުގެ ބާރު މިނުގައި 6 މެގްނިޓިއުޓް ހުރި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
An earthquake of magnitude 6.0 occurred in South Indian Ocean. No threat to Maldives. pic.twitter.com/Szho0FHS8J
— Maldives Meteorology (@MetMaldives) July 1, 2023
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.