Last Updated: May 10, 14:03
Friday, May 10, 2024
ދުނިޔެ

އެޕަލްގެ އަގު ތިން ޓްރިލިއަނަށް އަރައިފި

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

އެ ކުންފުނީގެ ހިއްސާގެ ޑިމާންޑް ބޮޑުވެ، ހިއްސާގެ އަގުތަކަށް އައި ބޮޑު ކުރިއެރުމާ އެކީ އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އެރީ އިއްޔެ އެވެ. މިއާ އެކީ އެ ކުންފުނިވެފައި ވަނީ މިހާތަނަށް އަގު ތިން ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏަށެވެ.

އެޕަލް ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް އެރީ 2018 ގަ އެވެ. އޭގެ ފަހުން އެ ކުންފުނީގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އެރީ 2020 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެޕަލް އަކީ އައިފޯނާއި އައިޕެޑާއި މެކްބުކް އަދި އެޕަލް ވޮޗް ފަދަ ޒަމާނީ އުފެއެދުންތައް ނެރޭ ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ މަހުގެ ތެރޭގައި އޭއާރް/ވީއާރް ހެޑްސެޓް ވެސް ލޯންޗްކޮށްފައިވާ އިރު، އެޕަލް އިން މިހާރު ތައްޔާރު ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިފޯން 15 ލޯންޗްކުރުމަށެވެ.

އެޕަލް ވުޖޫދަށް އައީ މީގެ 47 އަހަރު ކުރިން 1976 ގަ އެވެ.