Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޖޯން އަކީ "ދަ ޑިޕްލޮމެޓް"

ޖޯން އަބްރަހަމް ޑިޕްލޮމެޓެއްގެ ރޯލު ކުޅެފައިވާ ފިލްމު "ދަ ޑިޕްލޮމެޓް" ގެ ޕޯސްޓަރު ދައްކާލައި، އެ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ވަރުގަދަ ޑްރާމާ ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 11 އަށް ތާވަލުކޮށްފައިވާ އިރު، މީގެ ޓެގް ލައިނަކީ "އަ ޓުރޫ ހީރޯ ނީޑްސް ނޯ ވެޕަން" އެވެ. "ދަ ޑިޕްލޮމެޓް" ގެ ސްކްރީންޕްލޭ ލިޔުނީ މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ލިޔުނު ރިތޭޝް ޝާހް އެވެ.

އޭނަ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޖޯންގެ 2019 ގެ "ބަތުލާ ހައުސް" އާއި 2011 ގެ "ފޯސް" ގެ އިތުރުން އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އަމީތާބް ބައްޗަންގެ "ޕިންކް" ހިމެނެ އެވެ.

"ދަ ޑިޕްލޮމެޓް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޯންގެ ފިލްމު ކުންފުނި، ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޕްރޮޑިއުސަރު ވިޕުލް ޝާހް ގުޅިގެން ހަދާފައިވާ އެއްޗެކެވެ.

ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ވިލަންގެ ރޯލު ކުޅުނު ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތެހެރާން" އާއި "ތާރިގު" އަދި "ވެދާ" ހިމެނެ އެވެ.