Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

މި އަހަރު އަލަށް 41 ގެސްޓްހައުސް ހުޅުވައިފި

މިއަހަރުގެ މިހާތަނަށް އަލަށް 41 ގެސްޓުހައުސް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ހުރީ ރާއްޖޭގައި ހިބްގަމުން އައީ 865 ގެސްޓްހައުސް އެވެ. އަލަށް ހުޅުވި ގެސްޓްހައުސްތަކާއެކު މިދިޔަ މަހުގެ 21 ނިޔަލަށް ހިންގަމުންދާ ގެސްޓްހައުސްތަކުގެ އަދަދަކީ 906 ކަމަށް މިނިސްޓްރީން ބުންޏެވެ.

ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޅާވަމުން އަންނަ އިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގެސްޓްހައުސްތަކުގެ އެނދުގެ އަދަދަކީ ފަތުރުވެރިންނަށް 13،992 އެވެ. އަދި އަލަށް މި އަހަރުގެ މިހާތަނަށް ހުޅުވި ގެސްޓްހައުސްތަކާއެކު، ގެސްޓްހައުސްތަކާ އެކީ ބެޑް ކެޕޭސިޓީ 14،880 އަށް ވަނީ އިތުރުވެފަ އެވެ.

ލޯކަލް ޓޫރިޒަމްގެ ގޮތުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، މިއީ މިހާރު ރަށްރަށަށް އާމްދަނީ ވަންނަ ވަރަށް މުހިއްމު ދާއިރާއަކަށް ވަނީ ވެފަ އެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ރަށަކީ ކ. މާފުއްޓެވެ.