Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޤާސިމްގެ ކެމްޕޭން އެކި ރަށްރަށުގައި ކުރިއަށް

ފޮޓޯ: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމް އިސްވެ ހުންނަވައި ބ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ރަށްރަށަށް ވަޑައިގެން ދޮރުންދޮރަށް ހިންގަވައި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކެމްޕޭން ދަތުރުގައި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަބްދުﷲ ނަވާޒް، ތަރުޖަމާން އަބްދުﷲ އަމީން އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ދާއިރާގެ އިސް ބައެއްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"އިއްޔެއާއި މިއަދު ކުރެވުނު މަސައްކަތުން ބ.އަތޮޅު ފެންނަނީ އުޖާލާކޮށެވެ." ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.

މީގެއިތުރުން ޖޭޕީގެ ޓީމުތައް ރ.އަތޮޅުގެ ބައެއް ރަށްރަށާއި، ށ، އއ، ހދ ގެ ބައެއް ރަށްރަށާއި، ނ. ވެލިދޫގައި ވެސް ފާއިތުވި ދެ ދުވަހު ބައްދަލުވުންތައް ބާއްވައި ރިޔާސީ ގާސިމްގެ ކެމްޕެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ޖޭޕީން މައުލޫމާތުދެއެވެ.