މާލޭ މީހުނަށް ގޯތިދީފާނެތީ އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ މިފަދައިން ވިދާޅުވެފައިވަނި މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރާތީ އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އެގޮތުން ރީކޯ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ދައުލަތުގެ ބިންތަށް ހިލޭ ދިނުންކަމަށް ބުނެ ފިތުނައެއް އުފައްދަން މަސައްކަތްކުރާ މަދު ބަޔަކު މާލޭ ރައްޔިތުން އުޅުނު ހާލަށް ނުވިސްނާ ޒާތީވަމުންދާ ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ރަށާ، ސިޓީން ވެސް ބޯހިޔާވަހިކަމަށް ބިން ގަންނަނީ ނޫންކަން ހަނދާން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މާލޭ މީހަކަށް ގޯއްޗެއް ދީފާނެތީ އަޑުއުފުލާ ދެތިން މީހަކު އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީމު ނޫންތޯ؟ އެވަރުން ވެސް އަލާނުފިލައިގެން މާލޭ މީހުނާ ޒާތީވަމުންގޮސް ސަރުކާރުން ގޯތިދިނީމަ ދެން މިނުކުންނަނީ ދައުލަތް ހުއްޓުވާލަންތޯ؟ ސަރުކާރާ ތޮޅޭ، މާލޭމީހުންގެ ބޯހިޔާވަހިކަމާ އަޅުވާފަ ގަދަބަސް ނުބުނޭ" މޫސަ ކުރީ ޓްވީޓެއްގައި ބުނެފައިވެއެވެ.
މީގެއިތުރުން ރީކޯ ވިދާޅުވީ މާލޭ މީހުނަށް ގޯތި ދީފާނެތީ އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެގޮތުން އެއްވެސް ކަމެއްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މާލޭގެ ބިމުން އެތަށް ރަށެއްގެ އެތަށް ބަޔަކަށް ގޯތްޗާ ފްލެޓްދީފާވާ ކަމަށާއި ދުވަހަކުވެސް އެކަމާދެކޮޅަށް މާލޭ މީހަކު އަޑުއުފުލާފަ ނުވާ ކަމަށްވެސް ރީކޯ ވިދާޅުވިއެވެ.
މިހާރުހީވާކަހަލަ މާލޭގަހުރިބިންތަށްގަނެގެން ބުރިބުރިއަށްހަދައިގެން ކުއްޔަށްދޫކޮށްގެންއުޅޭ ބައެއްގެ ވިޔަފާރި ހަލާކުވެދާނެތީ އެފަދަ ބަޔަކުއަޑީގަތިބެގެން ދެތިން މީހަކުލައްވާ ކުރުވާކަމެއްބާއޭ ؟ މިހާވަރަށްމާލޭންގޯތިދިފާނެތީ ރަންބުއްދި މި ވަނީ؟
— Moosa Maniku (Reeko) (@ReekoMoosa) July 2, 2023
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.