އަހްލާޤީ ގޮތުން ދަށް ފެންވަރުގެ ވީޑިއޯއެއްގެ މައްސަލައެއްގައި ފޭދޫ ސްކޫލްގެ ގްރޭޑް 8،9 އަދި 10 އެއްގެ ކިޔަވަމުންދާ 9 ދަރިވަރަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުން "ބަންދު" ކޮށްފައިވަނީ ފޭދޫ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ ދަރިވަރަކާއި އައްޑޫގެ އެހެން ސްކޫލެއްގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ ކުއްޖަކު ސްކައިޕް މެދުވެރިކޮށް ކޮށްފައިވާ އަހްލާޤީ ގޮތުން ދަށް ފެންވަރުގެ ވީޑިއޯ އެއްގެ މައްސަލާގައެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އަހްލާގީ ގޮތުން ދަށް ފެންވަރުގެ ވީޑިއޯ ފިރިހެން ކުއްޖާ ހާޑް ޑިސްކެއްގައި ރައްކާ ކޮށްފައި ވަނިކޮށް ސްކޫލް އިތުރު ދަރިވަރުން ތަކަކަށް ލީކް ވެފައިވާ ކަމަށެވެ. އެގޮތުން 22 ކުއްޖެއްގެ އަތަށް މި ވީޑިއޯ ލިބިފައިވާ ކަމަށް އަޑުވަނީ ފެތުރިފައެވެ.
ފޭދޫ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވާ ކުދިންތަކެއް ފުލުހުންގެ "ބަންދު"ގައި ތިބި އިރު މާދަމާ އޯލެވެލް އިމްތިހާނު ފަށާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން މި ކުދިންގެ ގެތައް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އިތުރު ބައެއް ކުދިން ހޯދަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި އޮޕަރޭޝަން އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތުން އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ކުދި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ.