Last Updated: July 19, 13:41
Sunday, July 19, 2026
ދުނިޔެ

ނަތަންޔާހޫ މަރާލަން ބޭނުމޭ ބުނުމުން ހައްޔަރުކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ބޭނުންވާ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން މިއަދު ބުނި ގޮތުގައި ފަލަސްތީނުގެ ބިންތަަށް ވެރިވެގަނެ، އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރިމާތައް ހިންގާ އަނިޔާވެރި ޔަހޫދީ ދައުލަތުގެ ވެރިޔާ މަރައިލަން ބޭނުންވާ ކަމަށް ބުނި މައްސަލަގައި 47 އަހަރުގެ މީހާ ހައްޔަރުކުރީ ފުލުހުންނަށް ގުޅައި އެ ވާހަކަ ބުނުމުންނެވެ. އެ މީހާ ހައްޔަރުކުރީ ކިރިޔަރު ގަތު ސިޓީންނެވެ.

މިކަމާ ގުޅިގެން ބައެއް މީޑިއާތަކުން ބުނީ ހައްޔަރުކުރި މީހާ އަކީ ނަފުސާނީ މައްސަލައް ހުންނަ މީހެއް ކަމަށާއި އޭނަގެ ހާލަތު އިތުރަށް ބެލުމަށްޓަކައި ބަރްޒިލާއީ މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ނަތަންޔާ މަރާލަން ބޭނުންވާ ކަމަށް ބުނި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި މި ވަނީ އޭނަ އިންޒާރުދީ ބޭބެ ޔޯނީ ނަތަންޔާހޫގެ މަހާނައިގައި އިންޒާރުގެ ސިޓީއެއް ބޭއްވި މައްސައެއްގައި ވެސް އިއްޔެ މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.