Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެކައުންޓަކުން ވަގު މުއާމަލާތް ހިންގި މީހަކު ހޯދަނީ

މީހެއްގެ ބޭންކް އެކައުންޓުން، އެ މީހާއަށް ނޭނގި 10،500ރ. ގެ ފައިސާގެ މުއާމަލާތެއް ހިންގި މައްސަލައަކާ ގުޅިގެން އެއީ ކާކުން ދެނެގަނެވިފައި ނުވާތީ އެއީ އެ މީހާ ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

ވަގު މުއާމަލާގް ހިންގި މީހާ ފެންނަ ފޮޓޯއަކާ ފުލުހުން ބުނީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް މިފަދަ ވަގު މުއާމަލާތްތައް ހިންގުގުމުގެ މައްސަލަތައް ބޮޑެވެ.