ފިލިޕީންސްގެ ޓޫރިޒަމް އިޝްތިހާރު ކުރަން ތައްޔާރުކުރި ވީޑިއޯއެއްގައި އެހެން ގައުމުތަކެއްގެ ފުޓޭޖްތަކެއް ހުއްދަ ނެތި ބޭނުންކުރި މައްސަލަ ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވުމުން މައާފަށް އެދިއްޖެ އެވެ.
ފިލިޕީންސް ޑީޕާޓްމަންޓް އޮތް ޓޫރިޒަމް ޑީއޯޓީ) އިން "ލަވް ދަ ޕިލިޕީންސް" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން، އެ ގައުމުގެ އެޑްވަޓައިޒިން އެޖެންސީއެއް ކަމަށްވާ ޑީޑީބީ ފިލިޕީންސްއާ ހަވާލުކޮށްގެން ތައްޔާކުރި ޕްރޮމޯޝަނަލް ވީޑިއޯގައި އިންޑޮޝިއާގެ ހަނޑޫތަކެއްގެ މަންޒަރާއި ޔޫއޭއީގެ ގޮނޑުދޮށްތަކަށާއި ސްވިޓްޒަލޭންޑްގެ އެއާޕޯޓަކަށް މަތިންދާބޯޓެއް ޖައްސާ މަންޒަރުތަކެއް ހިމަނާފައިވެ އެވެ.
އެކަމަކު ޑީޑީބީން ތައްޔާކުރި ޕްރޮމޯޝަނަލް ވީޑއޯތަކުގައި ހިމެނޭ އެ ފުޓޭޖްތަކަކަކީ އެތަނުން އަމިއްލަ އަށް ނަގާފައިވާ ވީޑއޯތަކެއް ނޫނެވެ. އޭގެ ދަލުގައި ޕްރޮމޯޝަނަލް ވީޑިއޯގައި ހިމެނޭ އެ މަންޒަރުތަކަކީ އެހެން ބަޔަކު ނަގާފައިބާ ވީޑިއޯތަކެކެވެ.
މި މައްސަލަ ހޫނުވުމުން ޑީޑީބީން މައާފަށް އެދިފައިވެ އެވެ. އަދި މިކަމާ ގުޅިގެން ޑީއޯޓީގެ ސެކްރެޓަރީ ކްރިސްޓީނާ ގާޝިއާ ފްރާންސްކޯ ވިދާޅުވީ އިޝްތިހާރުގައި ހިމެނޭ ހުރިހާ މަންޒަރިތަކަކީ ސީދާ ޑީޑީބޯގެ މަސައްކަތްތަކެއް ތަކުރާރުކޮޑް ސާފުކުރި ކަމަށެވެ. އަދި އެ ވީޑިއޯ އަކީ ސީދާ ޑީޑީބީގެ އަމިއްލަ މަސައްކަތެއް ކަމަށް ބުނެ އެކަމުގެ ޔަގީންކަން ދިން ކަމަށް ވެސް ވިދާޚުވި އެވެ.
ނަމަވެސް ވީޑިއޯ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ވީޑިއޯ މިހާރު ވަނީ އާންމު ޕްލެޓްފީމްތަކުން ނަގައި ޕްރޮމޯޝަންތަކަށް ބޭނުން ކުރުިން ހުއަޓާލައިފ އެވެ. އަދި ވީޑިއޯގެ މައްސަލަ ޑީޕާޓްމަންޓް އޮފް ޓުރިޒަމުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.