Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ދީޕިކާ އުޅެނީ ފިރިމީހާ ގެއްލިގެން!

ފިރިމީހާ ގެއްލިގެން ދީޕިކާ ޕަދްކޯން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރާ މަންޒަރާ އެކީ "ގޮތް ނޭނގޭ" އުފެއްދަކުން ބެލުންތެރިން ސިއްސުވާލައިފި އެވެ.

މީގެ ވީޑިއޯ މިއަދު އިންސްޓަގްރާމްގައި ހިއްސާކޮށް ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ވަނީ "ސިއްރުތަކެއް ނިއުޅެން އުޅޭ" ކަމަށާއި "އިންތިޒާރުގައި ތިބެން" އެދިފަ އެވެ. އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. މި ވީޑިއޯ އިން ރަންވީރު ފެންނަނީ ޑިޓެކްޓިވެއްގެ ގޮތުގަ އެވެ. އަދި މީގެ މަންޒަރުތަކުން "އާރްއާރްއާރް" ގެ އެކްޓަރު ރާނމް ޗަރަން އާއި ބަތަލާ ޓްރިޝާ ވެސް ފެނިގެން ދެ އެވެ.

އެކަމަކު މި ތަރިންނާ އެކީ އާންމުކުރި ވީޑިއޯ އެއްވެސް ހަގީގަތެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފަހަރުގައި މިއީ އިންޑިއާގެ ކުށުގެ ވެއްޓަށް ބިނާކޮށް ހަދާ ވެބް ސީރީޒެއް ނުވަތަ ޓީވީ ޝޯއެއްގެ ޕްރޮމޯޝަނަލް ވީޑީއޯއަކަށް ވެދާނެ އެވެ. އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން މިފަދަ އުފެއްދުންތައް ޕްރޮމޯޓްކޮށް ދިނުމަކީ މި ފަހުން ވަރަށް އާންމު ކަމެކެވެ.

މިއިން ރަންވީރާއި ދީޕިކާ ފެންނާތީ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ކިހިނެއްވާން އުޅޭ ކަމެއްތޯ ބަލަން ކެތްމަދުވެފަ އެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ"، "ޕަދުމާވަތު" އަދި "83" ހިމެނެ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ރަންވީރުގެ "ސާކަސް" ގައި ދެމަފިރިން އެކީގައި ހާއްސަ ލަވައަކުން ފެނިފައިވެ އެވެ.

ރަންވީރްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ރިލީޒްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލިޒްކުރި "ޕަތާން" އެވެ.