Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހަމައެކަނި ފްލެޓު އެޅުމަކީ މާލެއަށް ހައްލެއް ނޫން

ހަމައެކަނި ފްލެޓް އަޅައިގެން، މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު މިއަދު ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏާއިއެވެ. މިމަސައްކަތް މިއަދު ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމުހޫއްރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ވަޢުދު ފުއްދުމަށް އޯގަސްޓް މަހުގެ ތެރޭގެ ބިން ދޫކުރަން ފަށާއިރު، އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ރޯނު ދަމައި، ބިން ދޫކުރަމުން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.


އަސްލަމްގެ ވާހަކައިގަ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުން ނާކަމިޔާބު ސަބަބަށް ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ތޮށް ޖެހުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުތަކުން ކުރިއަށް ގެންދިޔަ މަސައްކަތް ލަސް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނީ ކީއްވެތޯ ހައްލު ނައީ. ހައްލު ނައި އެންމެ ބޮޑު ސަބަބަކީ އެކަން ހިނގަމުން ދިޔަ ސްޕީޑު. އެތިއެތިކޮޅުން ދެމުން ދިޔައީ. ކުދި ކުދި އެތިކޮޅުން. 200 ފްލެޓް، 400 ފްލެޓް. އަދި ބިންކޮޅެއް އެތަނުން މިތަނުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިފަދަ ބޮޑު މައްސަލައަކަށް ހައްލު ހޯދުމަށް އެ ބޭފުޅުން ވިސްނި އިރު، އެންމެ ރަނގަޅު ގޮތަކީ އެއްފަހަރާ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ފްލެޓް ނޫން ކަމަށް ވިދާޅުވިއެވެ.

"ހަމއެކަނި ފްލެޓް އަޅައިގެން ނެތް މިކަން ހައްލުވާކަށް. އެބަޖެހޭ މާލޭ ރައްޔިތުންނަށް އުޅެވޭނެ ބިމެއް ދޭން. ފޮތި ފޮތި ކުރަމުންގޮސް ކުދި ކުދިވެފައި ހުރި ބިންތަކަށް އެބަޖެހޭ ހައްލެއް ލިބެން" އަސްލަމް ވިދާޅުވިއެވެ.

މި ހައްލު ހޯދުމަށް ބިން ހުސްކޮށް ސަރުކާރަށް ނެގުމަކީ އެއީ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެ، އަސްލަމް ވިދާޅުވީ މި ސްކީމުގެ ދަށުން ބިން ލިބޭ ފަރާތްތަކަށް ބިން ހޯދައިދީ އަދި މާލޭގައި ހުރި ބިމުން ބިން ނުލިބޭ އާއިލާގެ ފަރާތްތަކަށްވެސް ބޭނުން ކުރެވޭ ގޮތްވެ ޖުމްލަ ހައްލެއް ހޯދައިދިނުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މި

އާއެކު މާލެ ތޮށްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.