Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އަމީޝާ ފިލްމުގެ ކުރިމަރާލާ ކަމަށް ބުނެ ފާޑުކިޔުންތަކެއް

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ގަދަރު 2" ގެ ބަތަލާ އަމީޝާ ޕަޓޭލް މިހާރު އެ ފިލްމުގެ ކުރިމަރާލަމުންދާ ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ސަނީ ޑިއޯލް ބަތަލުގެ ރޯލު ކުޅެފައިވާ ފިލްމުގެ ޓީޒާގައި އޭނަ މަހާނައެއްގެ ކައިރީގައި އިނދެ ހިތާމަކުރާ މަންޒަޒު ފެންނާތީ ވަރަށް ގިނަ ބަޔަލު ލަފާކުރީ އެއީ އަމީޝާގެ މަހާނަ ކަމަށެވެ. އަދި މި ވާހަކަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދެކެވި "ގަދަރު 2" ގައި އަމީޝާގެ ސަކީނާހެ ކެރެކްޓާ އަށް ވާ ގޮތެއް ބަލަން ކެތްމަދުވެފައި ތިބި ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.

އެގޮތުން އެކަމާ ގުޅުވައި ފިލްމަށް އޮތް ޝައުގުވެރިކަން ގިނަ ބަޔަކު ފާޅުކުރަމުން ދަނިކޮށް މަހާނަ ސީންގެ ފޮޓޯއަކާ އެކީ އަމީޝާ ވަނީ އިންސްޓަގްރާންގައި އެއީ އޭނަގެ މަހާނަ ނޫން ކަމަށާއި އެކަމާ ކަންބޮޑުނުވުމަށް އެދިފަ އެވެ.

އަމީޝާގެ މި ވާހަކައިގެ ސަބަބުން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނަ ފިލްމުގެ ކުރިމަރާލަން އުޅޭ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ. އަދި އެންމެ ފަހުން މިހެން ކަންތައް ކުރަމުން ގޮސް ފިލްމު ރިލީޒްކުރުމުގެ އޭގައި ވާނެހާ ގޮތް ވެސް އަމީޝާ ކިޔައިދީފާނެ ކަމަށްބައެއް މީހުން ބުނެފައިވެ އެވެ.

"ގަދަރު 2" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ. މި ފިލްމަކީ ސަނީ އާއި އަމީޝާއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މި ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މިހާރު ވަނީ ކުރީގެ ފިލްމުގައިވެސް ހިމެނޭ މަގުބޫލު ލަވަ "އުޅުޖާ ކާލާ ކާވާ" ގެ އާ ވާޝަނެއް ވެސް އާންމުކޮށްފަ އެވެ.