Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

"އަވަސް ރައިޑް" އަލުން އައްޑު އަށް އަތުވެއްޖެ

ކުރިން ވެސް އައްޑޫގައި އޮންލައިންކޮށް ޓެކްސީ ހޯދަން ދިން "އަވަސް ރައިޑް" ގެ ހިދުމަތް މެދުކެނޑުމަކަށް ފަހު އަލުން ދޭން ފަށައިފި އެވެ.

"އަވަސް ރައިޑް" އެޕް ޑައުންލޯޑްކޮށްގެން މިހާރު ވަރަށް ފަސޭހައިން ހިދުމަތް ހޯދޭނެ އެވެ.

އަވަސް ރައިޑްގެ ޚިދުމަތް އައްޑޫ އަލުން ދޭ ފެށިއިރު، އަލަށް ގުޅޭ ޑްރައިވަރުންނަށް 3 މަސް ދުވަހުގެ ހިލޭ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށް ވފައެވެ.

މީގެ ކުރިން މި ޙިދުމަތް ފުރަތަމަ އައްޑޫގައި ފެށީ 2020 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ފަހުން ކޮވިޑާއި އެކު ޙިދުމަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން "އަވަސް ރައިޑް" އަލުން އެނބުރި އައްޑު އަށް އަންނަކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަވަސް ރައިޑުން ބުނީ، ކޯވިޑަށް ޚިދުމަތް މެދު ކަނޑާލި އިރުވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނެ ކަމަށެވެ.

"އަވަސް ރައިޑް" ގެ ހިދުމަތް މިހާރު ލިބޭނީ ގަމާއި ހިތަދުއާ ދޭތެރޭގަ އެވެ. ނަމަވެސް އައްޑޫގައި ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދު އާއު މީދު އަށް ވެސް ހިދުމަތް ދިނުމުގެ ވިސްނުން ހުރި ކަމަށް ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑްރައިވަރުންނަށް އިތުރު ފަސޭހަތައް ތަޢާރަފްކޮށް ރަނގަޅު ޚިދުމަތަށް މި ޚިދުމަތް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އަވަސް ރައިޑް އިން ބުނެއެވެ.

މި ހިދުމަތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ އަދި ޓެކްސީ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮންނަ އައްޑޫގައި އަލުން ފެށި އިރު، ކުރިން މިފަދަ ޙިދުމަތެއް ދެމުން އައި "ދެކުނު ރައިޑް" ހިދުމަތް މިދިޔަ މަހު ވަނީ ހުއްޓުމަށް އައިސްފަ އެވެ. އެކަމާ ގުޅިގެން ބުނެފައި ވަނީ ހިދުމަތް ހުއްޓުމަކަށް އައީ އެ ހިދުމަތާ ދެކޮޅަށް ބަޔަކު ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އެކަމަކު "ދެކުނު ރައިޑް" އަލުން އަންނާނެ ކަމަށް ބުންޏެވެ.