ޗައިނާގެ އަސްކަރިއްޔާގެ މޮބައިލް ހޮސްޕިޓަލް ޕެސިޕިކް ސަރަހައްދުގެ ބައެއް ގައުމުތަކަށް ގޮސް ހިދުމަތް ދޭން ހަމަޖެހިއްޖެ އެވެ.
މޮބައިލް ހޮސްޕިޓަލެއްގެ ގޮތުގައި އަސްކަރިއްޔާ އިން ބޭނުންކުރާ 14،300 މެޓްރިކް ޓަނުގެ "ޕީސް އާކް" ދާން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ކިރިބަތީ، ޓޮންގާ، ވަނައާޓޫ، ސޮލޮމަން އައިލޭންޑްސް އަދި އީސްޓް ޓިމޯރް ހިމެނެ އެވެ. މި ގައުމުތަކަށް ގޮސް އެތަންތަމުގައޮ ތޮިބި ޗައިނާ ރައްޔުންނާއި އާންމުންނަށް ވެސް ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށް ދޭނެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ޕެސިޕިކް ބައެއް ގައުމުތަކަށް ޗައިނާގެ މެޑިކަލް ޝިޕްގެ ހިދުމަތް ދޭން ނިންމީ އެ ސަރަހައްދުގައި މިހާރު އެމެރިކާގެ ނުފޫޒު ބޮޑުވާތީ އެކަމާ ހެދި އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ޕިސް އާކް" އިން ޕެސިޕިކަށް ކުރާ ދަތުރަކީ އެ ގައުމުން ހިންގަމުން އަންނަ "ހާމަނީ މިޝަން" ގެ ނުވަ ވަނަ ދަތުރު ކަމަށެވެ.
"މިއީ ބޮޑު ގައުމެއްގެ ހައިސިއްޔަތުން ޗައިނާ އަކީ ޒިންމާދު ގައުމެއްކަން އަންގައިދޭނެ ކަމެއް." ޑިފެންސް މިނިސްޓްރީން ބުންޏެވެ.